ads
ލެޕްރަސީ ނެތް ކަމަށް ބޭނުންވާ ޝަރުތުތައް 178 ރަށަކުން ފުރިހަމަކޮށްފި
ދިވެހިރާއްޖެއަކީ ލެޕްރަސީ(ޖުޒާމް ބަލި) ނެތް ގައުމެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަންޖެހޭ ޝަރުތުހަމަވެފައިވާ 178 ރަށެއް ވާކަމަށް ހެލްތު މިނިސްޓަރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަކީ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެތެރެއިން ޖުޒާމް ބަލި ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލް އަދި އެކްސްޓާނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި 2023 ނިޔަލަށް ރާއްޖޭއިން މަދުވެގެން 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަނޑައެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލްވެފައިވާކަމަށެވެ.  

އެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން 15 އޮކްޓޯބަރ 2023 ވީ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވަޑައިގެންނެވި ތަޖުރިބާ ޓީމުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މަސައްކަތުގައި ދެން ކުރިއަށް ދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ ލަފާ ދެއްވާފައެވެ.  

ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަކީ ޖުޒާމް ބަލި ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލްއަދި އެކްސްޓާނަލް ވެރިފިކޭޝަންއަށްފަހު ރާއްޖޭގެ 178 ރަށެއް ވަނީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެ.

ޖުޒާމް ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް، 1982 ވަނަ އަހަރު ރާއްޖޭގައި ޖުޒާމް ބައްޔަށް ބޭސް ތަޢާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއިއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއާއެކު 1997 ވަނަ އަހަރު ،ޖުޒާމް ބައްޔަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް