ads
ޔޫރޯ 2020 އިޓަލީއިން ކާމިޔާބުކުރުން
އިޓަލީއާ ދެކޮޅަށް ނުކުންނާނީ ބަދަލުހިފަން: ވޯކާ
ޔޫރޯ ކޮލިފައިންގައި އިޓަލީ އާއި ދެކޮޅަށް ނުކުންނާނީ ޔޫރޯ 2020 ގެ ހިތި ފިލުވާލާ، ބަދަލުހިފަން ކަމަށް އިނގިރޭސިވިލާތުގެ ޑިފެންޑަރު ކައިލް ވޯކާ ބުނެފިއެވެ.

މިއަންނަ އަހަރު އޮންނަ ޔޫރޯގެ ކޮލިފައިންގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ ރާއްޖެ ގަޑިން 23:45 ގައެވެ. މި މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ގްރޫޕް ސީގެ އެއްވަނާގައި ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު އިންގްލެންޑަށް އެބައޮތެވެ. 

މިއީ ޔޫރޯ 2020 ގެ ފައިނަލަށްފަހު އިނގިރޭސީންގެ ވެމްބްލީ ސްޓޭޑިއަމްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. 

ވޯކާ ބުނީ ޔޫރޯ 2020 ގެ ފައިނަލުގައި އެޓީމަށް އެންމެ އެދެވިގެންވާ ކުޅުން ނުދެއްކުނު ކަމަށެވެ. ނަމަވެސް މާދަމާރޭގެ މެޗުގައި ތަފާތުދައްކާ، މޮޅުވުމަކީ މުޅި ޓީމުގެ އަމާޒު ކަމަށެވެ. 

ޔޫރޯ 2020 ގެ ފައިނަލުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އިނގިރޭސީންނެވެ. ނަމަވެސް އިޓަލީން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެފަހަރުގެ މުބާރާތް އިޓަލީއިން ކާމިޔާބުކުރީ ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް