ads
ފަލަސްތީން މިނިވަންކުރުމަށް ގޮވާލާ ތ. ބުރުނީގަ މި މަހު ބޭއްވި ހިނގާލުމެއްގެ ތެރެިން
18 ފޫޓުގެ ފަލަސްތީނު ދިދައެއް ހިޔާ ސަރަހައްދުގަ ނަގަނީ
ދިވެހި ރައްޔިތުން ފަލަސްތީނަށް އޮތް ތާއީދު އަންގައިދިނުމުގެ ގޮތުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގަ 18 ފޫޓުގެ ބޮޑު ދިދައެއް މިއަދު ނެގުމަށް ރަވާފައިވާކަމަށް 'ދަ ކޮމަނާސް' (ކޮތަރުކޮށި) ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ ހިޔާ ފްލެޓްތަކާ ދިމާލުން ބީޗުގައިކަމަށެވެ.

"18 ފޫޓުގެ މިދިދަ އަކީ ރާއްޖޭގައި ނެގޭ ފަލަސްތީނުގެ ގެ އެންމެ ބޮޑު ދިދަޔަށް ވާނެ. މިއީ އެޗް 4 އެޑްމިންޓީމުގެ އިސްނެގުމެއް،" ދަ ކޮމޮނާސް އިން ބުންޏެވެ. 

ދިދަ ނެގުމުގެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރި ވާން އެ ޖަމިއްޔާއިންވަނީ އެދިފައެވެ. ދިދަނެގުން އޮތީ މިއަދު ހަވީރު 15:30 ގެވެ. 

ދިދަ ނެގުމަށްފަހު ފަލަސްތީނު އެއިޑްއަށް ފަންޑްރައިޒް ކުރުންވެސް ކުރިއަށް ދާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"ފަންޑްރެއިޒިން ހަރަކާތް ރޭވުމުގައި އިސްނަގާފައި ވަނީ އެޗް 10 ގެ އެޑަމިން އިން. މިހަރަކާތުގައި ވީހާވެސް ގިނަ ޓަވަރުތަކުން އެކިއެކި ސްޓޯލްތައް ހެދުމަށް އެދެމް. މިސާލަކަށް ސައިކަލް ދޮވުން، ހެދިކާ ޕެކް ވިއްކުންފަދަ ކަން،" އެ ޖަމިއްޔާއިން ބުންޏެވެ. 

މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވެސް ފަލަސްތީނަށް ތާއީދުކޮށް ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް