ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނެރުއްވި "ކީރިތި ޤުރުއާނުގެ ހުލާސާ ތަފްސީރު" ފޮތަކީ މަހާޒް ލިޔުއްވަން ފައްޓަވާފައިވާ ތަފްސީރުގެ ގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ވޮލިއުމެވެ.
މިއަދު ނެރުއްވި ފޮތުގަ ޖުމްލަ 444 ސޮފުހާ މިނެއެވެ.
މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމުން ކަމަށާއި ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެެއެވެ. މިއީ 2015 ވަނަ އަހަރު އޭނާ ފެއްޓެވި މަސައްކަތެކެވެ.
އެއީ މަހާޒްގެ ކޮއްކޮ ނިހާޒް ގުރުއާން ތަރުޖަމާއާ އެކު ނެރުނު މޯބައިލް އެޕް "ގުރުއާން އެމްވީ" ގައި ހިމެނި ތަރުޖަމާއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އެކި ފަރާތްތަކުން ލިބެމުން ދިޔަ ހިޔާލާއި ޝަކުވާތަކާ ގުޅިގެން ފެއްޓެވި މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.