ads
ގާޒާއަށް އެހީވާން ހިންގާ ކެމްޕެއިނަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް ވަނީ ވެފައި - ފޮޓޯ:އެސްޓީއޯ
ގާޒާއަށް އެހީވާން ހިންގާ ކެމްޕެއިނަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް
ގާޒާއަށް އެހީވާން ހިންގާ ކެމްޕެއިނަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް ވެއްޖެއެވެ.

އެސްޓީއޯއިން ބުނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން މިދާ ދަނޑިވަޅު ދިމާވެފައިވަނީ މުސްލިމުންގެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އުދުވާނެއް ހިންގަމުންދާ ދަނޑިވަޅަކަށް ކަމަށެވެ. ރާއްޖެއަކީ ފަލަސްތީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރާ އެ ގައުމުގެ ރައްޔިތުންނާ އެކު އެއްބައެއްގެ ގޮތުގައި ތިބި ބައެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އިސްރާއީލުން މިހާރު ހިންގަމުންދާ އުދުވާނާ ގުޅިގެން ދިވެހިން ވަނީ ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައެވެ. އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެ ކުންފުނީގެ ގްރޫޕްގައި ހިމެނޭ އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވްގޭސް، އެމްއެސްއެސްގެ އިތުރުން އެފްއެސްއެމުން ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ޔަގީންކޮށްދޭ ކަމަށެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އަދި އެ ކުންފުނީގެ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނިތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، "އަހަރުމެން ފަލަސްތީނާ އެކު" ޓެލެތޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަވާލުކުރެވިފައި އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް