ads
ނަބާ
ސިޑްނީ އިންޓަނޭޝަނަލްގެ ގަދަ 16 އަށް ނަބާ
ސިޑްނީ އިންޓަނޭޝަނަލް 2023، ބެޑްމިންޓަން މުބާރާތުގެ ގަދަ 16 ބުރުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ސިޑްނީ އިންޓަނޭޝަނަލް 2023 ގެ ގަދަ 16 ބުރުން ފުރުސަތު ހޯދީ ފުރަތަމަ ބުރުގެ މެޗުން އޮސްޓްރޭލިއާގެ ފާޔޭ ހޫއޯ ބަލިކޮށްގެނެވެ. އެއީ 24-22، 18-21 އަދި 21-13 އިންނެވެ.

ނަބާވަނީ ދާދި ފަހުން، އޮސްޓްރޭލިއާގައި ނިމުނު ޔޮނެކްސް ބެންޑިގޯ އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައި ވެސް ކުޅެފައެވެ. އަދި ޗައިނާގައި ދާދި ފަހުން ނިމިގެންދިޔަ އޭޝިއަން ގޭމްސްގައި ވެސް މޮޅު ކުޅުމެއް ކުޅެފައިވެއެވެ.

ސިންގަލްސް ގަދަ 16 ބުރުގެ މެޗު އޮންނާނީ މިއަދުއެވެ. އެ މެޗުގައި ނަބާ ކުޅޭނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ލީއާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް