ads
މާފަންނު ޕޮލިސް ސްޓޭޝަން
މާފަންނު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ދެ މީހަކު ހައްޔަރުކޮށްފި
ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ދެ މީހަކު އިމާރާތަށް ގެއްލުން ދީފިއެވެ.
Advertisement

ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔުމުން އެތަނަށް ގެއްލުން ދީފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާ، 45 އަހަރުގެ މީހެކެވެ. 

މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ކުށެއްގެ ތުހުމަތުގައި ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމުން، އެތާގެ ޕާޓިޝަނެއްގައި ފައިން ޖަހައި ހަލާކުކޮށްލިއެވެ. 

މި ދެ މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް ތިން ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. 

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީވެސް ކުރިން އެކިއެކި މި ބާވަތުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް