ads
އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު: ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ނުވަ ބިލިއަނުން މައްޗަށް ވަނީ ގޮސްފައި - ފޮޓޯ:އެމްޓީސީސީ
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ނުވަ ބިލިއަނުން މައްޗަށް
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ 9.2 ބިލިއަން ރުފިޔާއިން މައްޗަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:

  • މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
  • މި އަހަރުގެ އެ މުއްދަތުގައި 9.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި އެއާޕޯޓުތައް ތަރައްގީ ކުރުމުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކަށެވެ.

އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ:

  • ބިން ހިއްކުމުގެ މަޝްރޫއުތަކަށް - 1.5 ބިލިއަން ރުފިޔާ
  • އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް - 1.2 ބިލިއަން ރުފިޔާ
  • މަގު ހެދުމުގެ މަޝްރޫއުތަކަށް - 1 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް - 970.7 މިލިއަން ރުފިޔާ
  • ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް - 843.7 މިލިއަން ރުފިޔާ
  • ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް – 614.9 މިލިއަން ރުފިޔާ

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށެވެ. އެ ކަަންކަމަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެކި ރަށްރަށުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް 921.9 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫއަށް 819.4 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި ތަރައްގީ ކުރުމަށް 395 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް