ads
އެޗްއާރުސީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: އެޗްއާރުސީއެމް
އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް އަލުން ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ މިވަނީ، މީގެ ކުރިން އެމަގާމަށް ކުރިމަތިލާން ހުޅުވައިލުމުން އެކަށީގެންވާ އަދަދަކަށް  ބޭފުޅުން ކުރިމަތިލާފަނުވާތީ އެވެ.

އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވަނީ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާދެއްވުމުންނެވެ

ރައީސް އޮފީހުން ފުރަތަމަަ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 8 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް