ads
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މި 5 އަހަރު މިނިވަން މުއައްސަސާއަކުން މިނިވަން ސިފައެއް ނުފެނޭ
މި ފަސް އަހަރު ރާއްޖޭގެ މިނިވަން މުއައްސަސާއަކުން މިނިވަން ސިފައެއް ނުފެންނަކަމަށް ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން މި ފަސް އަހަރުތެރޭގައި ގާނޫނު އަސާސީގައި އޮންނަ މިނިވަން ދައުރެއް ނުފެންނަ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ އިތުރުން އާންމު ރައްޔިތުންވެސް އެޗްއާރުސީއެމްއަށް މަރުގެ މައްސަލަތައް ހިމެނޭހެން ބޮޑެތި މައްސަލަތައް ހުށައަޅާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް މައްސަލައެއް ނިންމައި މައުލޫމާތު ހާމަކޮށްފައިނުވާކަަމަށް ޝިޔާމް ވިދާޅުވިިއެވެ.

"މަރުތަކަށް އެކަނި ބެލިއަަސް މިއަށްވުރެ ގޮތް ނޭނގޭ މަރުތައް ގިނަ ސަރުކާރެއް ފަސް އަހަރެއް އަޅުގަނޑަކަށް ހިއެއްނުވޭ ދިޔަހެނެއް". ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޖޭއެސްސީ އާއި އޭސީސީގެ އަދި އެޗްއާރުސީއެމް ހިމެނޭހެން ހުރިހާ މުއައްސާސާއެއް އޮންނަނީ ސަރުކާރުގެ މުށުތެރޭގައެވެ.

އޭގެ އިތުރުން ޝިޔާމް ވަނީ އިންތިގާލީ މަރުހަލާގައި ސަރުކާރުން ކަންތައް ކުރަމުން  އަންނަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަަމަށް ސިފަކޮށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް