ބިން ހިއްކުން މެދުކަނޑާލާފައިވަނީ އެ މަސައްކަތުގައި އަމަލީގޮތުން އުޅުނު ދެ މީހަކު އިއްޔެ ހިނގި ހާދިސާގައި މަރުވުމާއި ގުޅިގެންނެވެ.
އިއްޔެ ހަވީރު 4:15 ހާއިރު ހިނގި ހާދިސާގެ ދެ މީހަކު މަރުވެފައިވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ވެލްޑިން ކުރާ އާގަން ގޭސް އަޅާފައިހުރި ސިލިންޑަރެއް ގޮވުމުގެ ސަބަބުންނެވެ.
ގޭސް ސިލިންޑަރެއް ގޮވައި ހިނގި މިޙާދިސާގައި މަރުވެފައިވަނީ އެރަށު އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްއަށް މަސައްކަތްކުރާ އިންޑިއާގެ ދެ މީހުންނެވެ.
އެމީހުންގެ ބައިތައް ވަނީ ރަށުގެ 200 ފޫޓު ދުރަށް ބުރައިގެން ގޮސްފައެވެ.
ބައެއް ގެތަކާ އޮޑި ދޯނިފަހަރަށްވެސް ގެއްލުންވިއެވެ.