މީގެ ތިން ދުވަސް ކުރިން ފެށިގެން ޔަމަނުން އަންނަނީ ރަތް ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން އަންނަ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދެމުންނެވެ.
މިއަދުގެ ވަގުތެއްގައި ޔަމަނުގެ ބޮޑުވަޒީރު ވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގާފައެވެ.
ބޮޑުވަޒީރު ހަބްތާރު ވަނީ ޔަމަނުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާކަމެއް ކުރަމުން އަންނަކަން ފާހަގަކޮށް އަދި ކުރިއަށް އޮތްތަނުގައިވެސް އަތުގައި ހުރި ހުރިހާ ބާރަކާއެކީ ފަލަސްތީނުގެ ދިފާއުގައި ހުންނާނެކަމުގެ ޔަގީންކަން ދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް ފޮނުވި މިސައިލްތަކެއް ވައްޓާލާފަވާކަމަށް ބުނެފައެވެ.
މެދުއިރުމަތީ މަސްރަހް ހޫނުވަމުން އަންނަ އިރު އެ ސަރަހައްދުގައިވާ އެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އެކި ޖަމާތްތަކުން އަންނަނީ ހަމަލާދެމުންނެވެ.