ads
އީގަލްސް - ބުރު މެޗުގެ ތެރެއިން
ފުލުހުންނާހެދި ދިވެހި ލީގު ނުކުޅެވޭނެ
ފުލުހުން އެފްއޭއެމްގެ އޮފީސް ރެއިޑްކޮށް ސާމާނުތަކެއް ގެންގޮސްފައިވާތީ، މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕީޖީގެ އަމުރަކަށް ފުލުހުން އާދިއްތަ ދުވަހު ހެނދުނު އެފްއޭއެމް ހައުސްއަށްވަނީ ވަދެފައެވެ. ފުލުހުން އެފްއޭއެމްގައި ހަރަކާތްތެރިވަމުން ދަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމަށް ވަޑައިގެން ފުލުހުންނާ ވާހަކަ ދައްކަމުން ދިޔަ މަންޒަރުވަނީ އެ ދުވަހު ފެނިފައެވެ. އެހެންނަމަވެސް އެ އިމާރާތަށް ބައްސާމް ވަދެވަޑައިގެންނެވުމަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބައްސާމް އޭރު ވިދާޅުވިއެވެ.

އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެ ތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވުމުން ތަހްގީގުގެ ބޭނުމަށް "ގިނަ އަދަދެއްގެ ލިޔެކިއުމާއި މަސައްކަތްތަކުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް" ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފްއޭއެމުން މިއަދު ބުންޏެވެ. އަދި އެކަމުގެ ސަބަބުން ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެނޫން ވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫން ކަމުގައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ލީގުގެ ކުޅުން އަންނަ ހޮނިހިރު ދުވަހު އަލުން ފަށަންވަނީ ތާވަލުކޮށްފައެވެ. ހޮނިހިރު ދުވަހުގެ މެޗުވެސް ނުކުޅެވޭނެތޯ އެފްއޭއެމާ ސުވާލުކުރުމުން އެއްވެސް އެއްޗެއް ނުބެނެއެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް