ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: އޯޓީޕީ އާ ނުލައި އާސަންދައިން ބޭސް ނުނެގޭ ގޮތް ވަނީ ހަދާފައި - ފޮޓޯ:އަވަސް
އޯޓީޕީ އާ ނުލައި އާސަންދައިން ބޭސް ނުނެގޭ ގޮތް ހަދައިފި
ފާމަސީތަކުން ބޭސް ދޫކުރާއިރު ބޭސް ގަންނަ ފަރާތުގެ ފޯނަށް ފޮނުވާ އޯޓީޕީ ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސައިފި އެވެ.
Advertisement

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު، އާޝިޔާ ސޯލިހު ވިދާޅުވީ ފާމަސީތަކުން ބޭސް ދޫކުރާއިރު ބޭސް ގަންނަ ފަރާތުގެ ފޯނަށް ފޮނުވާ އޯޓީޕީ ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސާފައި ވަނީ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މިހާރު ބޭސް ނަގަން ދާ ފަރާތުގެ އައިޑީކާޑު ނަންބަރާއި ފޯނު ނަންބަރުގެ ތަފްސީލު ހޯދައި، އޯޓީޕީ ނަންބަރު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާނެ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

އާޝިޔާ ވިދާޅުވެފައިވަނީ ކްލިނިކަށް ދެއްކުމުން އެ ކްލިނިކުގެ ތެރޭގައި ހިންގާ ކްލިނިކުގެ ބޭސް ފިހާރައިން ބޭސް ނުނަގައި، އެހެން ފާމަސީއަކުން ބޭސް ނަގަންދާއިރު ކްލިނިކުގެ ފާމަސީން ބޭސް ނެގި ކަމަށް ދައްކާކަމުގެ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށެވެ.

އެފަދަ ޝަކުވާތަކާ ގުޅިގެން އެޅި މި ފިޔަވަޅާ އެކު، ބޭސް ނަގަން ދާ މީހާގެ ފޯނަށް ލިބޭ އޯޓީޕީ، ފާމަސިސްޓަށް ދިނުމުން ނޫނީ އާސަންދަ ޓްރާންސެކްޝަން ދެން ފުރިހަމައެއް ނުވާނެ ކަމަށް އާޝިޔާ ވިދާޅުވި އެވެ.

މާލޭގެ ބައެއް ފާމަސީތަކުގައި މި ފިޔަވަޅު އަޅަން ފެށި ފަހުން ދެތިން ހަފުތާވެފައިވާކަން ފާހަގަކުރައްވާ އާޝިޔާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އާސަންދަ ލިބޭ ހުރިހާ ފާމަސީއެއްގައި މިކަން ތަންފީޒުކުރާނެ ކަމުގަ އެވެ.

މީގެ ކުރިން ބޭސް ފިހާރަތަކުން ބޭސް ދޫކުރުމުގައި ބޭނުންވަނީ ހަމައެކަނި ޑޮކްޓަރުގެ ބޭސް ސިޓީ އެވެ. އޭގެ އިތުރަށް އިތުރު އެއްވެސް މައުލޫމާތެއް ނުހޯދަ އެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމުނުއިރު 400 އަށް ވުރެ ގިނަ ފާމަސީއަށް ހުއްދަ ދީފައި ވީނަމަވެސް އާސަންދަ ބަލައިގަންނަނީ އޭގެތެރެއިން ކިތައް ތަނުން ކަމެއް ނޭނގެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް