މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށްވެފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 73.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ނުވަ މަހު ލިބިފައިވަނީ:
- ޖެނުއަރީ - 5.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 5 މިލިއަން ރުފިޔާ
- މާޗް - 11.1 މިލިއަން ރުފިޔާ
- އެޕްރީލް - 22.3 މިލިއަން ރުފިޔާ
- މެއި - 4.5 މިލިއަން ރުފިޔާ
- ޖޫން - 3.1 މިލިއަން ރުފިޔާ
- ޖުލައި - 7.3 މިލިއަން ރުފިޔާ
- އޮގަސްޓް - 8.5 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 2.8 މިލިއަން ރުފިޔާ
މުދަލު ޒަކާތް ކުރިން ދައްކަން ޖެހެނީ އިސްލާމިކް މިނިސްޓްރީއަށް ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާއިންނެވެ. އެގޮތުން އެ އޮތޯރިޓީގެ ޕްލެޓްފޯމްތައް މެދުވެރިކޮށާއި އެ ތަނަށް ގޮސްގެންވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެނެވެ.