ads
ރާއްޖޭގެ ބޮޑީ ބިލްޑަރު ރަން މެޑެއްޔާއެކު
ވޯލްޑް ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި
ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ބައްވާ ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން، އެ ފެޑެރޭޝަނުން ނިންމައިފި އެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ ރާއްޖޭގައި އަންނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހުމުން ރާއްޖެ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އާ ސަރުކާރުން، 15 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގެ ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާކަމުގެ ޚަބަރު ލިބިވަޑައިގަތުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް ވަނީ އިންތިހާބީ ސަރުކާރުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި، ރާއްޖޭގައި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ބާއްވަން ފުރުސަތު ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އާ ސަރުކާރުގެ އެންޑޯސްމެންޓް ލިބިފައިވާ ކަމަށް އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް އޮންނާނީ އަންނަ މަހު ސައުތު ކޮރެއާގައެވެ. އަންނަ މަހު 6-12 އަށް ސައުތު ކޮރެއާގައި އޮންނާނެ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް