އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ތަފްތަރެއް ގެޒެޓުގައި އާދިއްތަ ދުވަހު އާންމުކޮށްފައެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅޭނީ "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. މި ލިސްޓު ވަނީ އިލެކްޝަސް ކޮމިޝަނުގެ ވެބްސައިޓުގަ އާންމުކޮށްފައެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަވަނީ ނޮވެންބަރު 30 ވަނަ ދުވަހާއި ހަމައަށެވެ.
ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ އިދާރާއަށް ޒިޔާރަތްކޮށްގެން ހުށަހަޅޭނެއެވެ.
އިލެކްޝަން ކޮމިޝަނަށް އީލެއިލް ކުރާނީ [email protected] އަށެވެ.
ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު ((PPR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކް ކުރެވޭނެއެވެ.