ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރޭ މޫސާ އަލީ މަނިކު އެކްސްގައި ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާގެ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް މީހަކު އޭނާ އާއި ދަރިފުޅާ ދިމާލަށް އަވަގުރާނަ ގޮވާފައިވާ ކަމަށެވެ.
އޭގެ އިތުރުން އޭނާގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާ، އޭނާ އާއި ދަރިފުޅުވެސް މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މޫސާ އަލީ މަނިކު ވިދާޅުވެފައިވެ އެވެ. މޫސާ އަލީ މަނިކު ވިދާޅުވި ގޮތުގައި އެ މައްސަލަ އޭރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގަ އެވެ.