ads
ފިނޭންސް މިނިސްޓްރީ: - ފޮޓޯ:ރާއްޖެއެމްވީ
ބަޖެޓް 2024: ސިއްހީ ދާއިރާއަށް 7.4 ބިލިއަން ރުފިޔާ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސިއްހީ ދާއިރާ 7.4 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ފަހު  އެންމެ ބޮޑު ހޭދައެއްކުރަން ކަނޑައަޅައިފައިވަނީ ސިއްހީ ދާއިރާ އަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައިވާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށްވަނީ 7459 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

ސިއްހީ ދާއިރާގެ ކެޕިޓަލް ހަރަދުގެ ގޮތުގައި648 މިލިއަން އަދި ރިކަރެންޓް ހަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

 ސިއްހީ ދާއިރާގެ ބަޖެޓް ކޮންމެ އަހަރުކުވެސް ދަނީ ރިކޯޑް އަދަދަކުން އިތުރުކުރަމުންނެވެ. ސިއްހީ ދާއިރާގައި އެންމެ ބޮޑު ހަރަދު ކުރަނީ އާސަންދަ އަށެވެ. 

ނިމިދިޔަ ފަސް އަހަރު އާސަންދައަށް 7.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެ ފަސް އަހަރުވެސް އާސަންދައަށް ކުރި ހޭދަ ކަނޑައެޅި ބަޖެޓަށް ވުރެ 20 އިންސައްތައަށް ވުރެ އިތުރުވެފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އަހަރެވެ.

ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށްވުރެ 15-75 ގުނަ ބޮޑުކޮށް ކަމަށްވާއިރު، އާސަންދައިން އެވްރެޖްކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންކަމުން އާސަންދައަށް ކުރާ ހޭދަ ކުޑަކުރަން ބޭހުގެ އަގުތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް