ads
ޖުޒާމް ބަލި ފެތުރުން ހުއްޓުވުން ފާހަގަކޮށް ޑަބްލިއެޗުއޯގެ ފަރާތުން ދިން އެވޯޑާއި ހެލްތު މިނިސްޓަރު ހަވާލުވެޑައިގަންނަވަނީ—ފޮޓޯ:ޑަބްލިއުއެޗްއޯ
ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ދުނިޔެއިން ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ގަތުގައި ރާއްޖެ ކަނޑައަޅައި އެކަން ފާހަގަކުރުމުގެ ގޮތުން އެވޯޑް ދީފި އެވެ.
Advertisement

ޖުޒާމް ބަލި ނުވަތަ ލެފްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމު ޝަރަފު ރާއްޖެއަށް ލިބި އެ ބަލި ފެތުރުން ހުއްޓުވިކަމުގެ އެވޯޑް ރާއްޖެއަށް ދީފައިވަނީ އިންޑިއާގެ ނިއު ދިއްލީގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ސަރަހައްދުގެ 76 ވަނަ ބައްދަލުވުމުގައެވެ. 

 އެ އެވޯޑް ރާއްޖެއަށް އެރުވީ ޑރ ޕޫނަމް ކެރަތަޕާލް ސިންގްއެވެ. އެވޯޑާއި ރާއްޖޭގެ ފަރާތުން ހަވާލުވެޑައިގަތީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމުއެވެ. 

ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއިން ޖުޒާމް ބަލި ފެތުރުން ހުއްޓުވުމުގައި ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

ޖުޒާމް ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް، 1982 ވަނަ އަހަރު ރާއްޖޭގައި ޖުޒާމް ބައްޔަށް ބޭސް ތަޢާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއިއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއާއެކު 1997 ވަނަ އަހަރު ،ޖުޒާމް ބައްޔަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް