ads
ކަށަވަރު ޕްރޮމޯ 2023 އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް - ފޮޓޯ:ސީއެންއެމް
ކަށަވަރު ޕްރޮމޯ 2023 އިފްތިތާހުކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި "ކަށަވަރު ޕްރޮމޯ 2023" އިފްތިތާހުކޮށްފި އެވެ.
Advertisement

މި ޕްރޮމޯޝަން އިފްތިތާހުކުރުމުގެ ގޮތުން ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ މިއަދު އިފްތިތާހު ކުރެވުނު ޕްރޮމޯޝަނުގެ މަގުސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާ އެކު އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓްތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއި ސްޓަން އައިޓަމްސް އާއި ސްކޮޓް ބޭޑަ ރެސިން އާއި ސްކޮޓް ބޭޑަ ޖެލްކޯޓްސް އަދި ޕިގްމެންޓްސް އާއި ޔަންމާ ޖެންސެޓްސް އާއި ސްޕެއާ ޕާާޓްސް އާއި އެކްސަސަރީޒް އާއި އިންޑަސްޓްރިއަލް ގޭހާއި މެރޯލް އަދި ލުބްރިކަންޓްސް ކަމަށް އެމްޓީސީސީން ބުނެ އެވެ.

your imageކަށަވަރު ޕްރޮމޯ 2023 އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނެފައިވަނީ މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. މި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ކަށަވަރު ޕްރޮމޯ 2023 އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނޭރުންނާއި ފަތުރުވެރިކަމުގެ އިތުރުން ޓްރާންސްޕޯޓް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމުގަ އެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި ރޭވިފައިވާ ހަރަކާތްތަކުގައި ތެރޭގައި މާލޭ ބަނދަރު ސަރަހައްދު، ތިލަފުށި ޑޮކްޔާޑް އަދި ސައިޓް، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށި، ތ. ދިޔަމިގިލި، ދ. ކުޑަހުވަދޫ، ކ. މާފުށި، ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި އެ ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

your imageކަށަވަރު ޕްރޮމޯ 2023 އާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އެ ކުންފުނިން ރާވާ ހިންގަމުން ގެންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް