
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- ނިމުނު މަހު 159،141 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
- މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، 3.5 އިންސައްތައިގެ އިތުރުވުމެއް
- މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އައިސްފައިވަނީ 153,737 ފަތުރުވެރިން
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1,520,189 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 13.1 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,001 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.6 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 174,663 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.5 އިންސައްތަ)
- އިންޑިއާ - 164,471 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.8 އިންސައްތަ)
- ޗައިނާ - 163,708 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.8 އިންސައްތަ)
- އިނގިރޭސިވިލާތް - 122,614 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތަ)
- ޖަރުމަނުވިލާތް - 107,472 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.1 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑުންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,282 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 14 ހޮޓަލާއި 932 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 62,822 އެނދު އޮޕަރޭޓްކުރެއެވެ.