ads
ތާޒާ ފެން: ތާޒާ އަހަރަކަށް ގިވްއަވޭގެ ދަށުން އެއް އަހަރު ދުވަހަށް ހިލޭ ފެން ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ
ތާޒާ އަހަރަކަށް: އެއް އަހަރު ދުވަހަށް ހިލޭ ފެން ހޯދުމުގެ ފުރުސަތު
ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވެގެން އެއް އަހަރު ދުވަހަށް ހިލޭ ފެން ކޭސް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނީ، "ތާޒާ އަހަރަކަށް" ގިވްއަވޭ ޕްރޮމޯޝަން އިއްޔެއިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

މި ގިވްއަވޭގެ ޕްރޮމޯޝަންގައި އައިބީއެމްގެ ފޭސްބުކް ޕޭޖަށް ލައިކު ކުރުމަށް ފަހު، އެ ކުންފުނިން ކޮށްފައިވާ ގިވްއަވޭ ޕޯސްޓުގެ ކޮމެންޓް ބައިގައި ތިން އެކުވެރިން ޓެގް ކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން އެ ޕޯސްޓް ޕަބްލިކްކޮށް ޝެއާކުރަން ޖެހެ އެވެ.

މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން އެއް އަހަރު ދުވަސް ވަންދެން ތާޒާގެ ފަސް ލީޓަރުގެ ފަސް ކޭސް ފެން ކޮންމެ މަހަކު ލިބޭއިރު، ފެން ކޭސް ހިލޭ ޑެލިވަރީވެސް ކޮށްދޭނެ އެވެ. ގިވްއަވޭއިން ހޮވޭ ފަރާތް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

ތާޒާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެން އުފައްދާ ކުންފުންޏަށްވާއިރު، އެ ކުންފުނިން މިދިޔަ އަހަރު ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް ވަނީ ފަށާފަ އެވެ. އެ ކުންފުނިން އަންނަނީ 500 އެމްއެލް އާއި 1.5 ލީޓަރު އަދި 5 ލީޓަރުގެ ފެން ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ނެރެމުންނެވެ.

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް