ads
އިންތިހާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް: ވިދާޅުވީ އަންނަ އަހަރުގެ ޕީކް ސީޒަނަށް ސްޓެލްކޯއިން ތައްޔާރުވެފައި ނުވާ ކަމަށް - ފޮޓޯ:އިންތިހާބީ ރައީސްގެ އޮފީސް
އަންނަ އަހަރުގެ ޕީކް ސީޒަނަށް ސްޓެލްކޯއިން ތައްޔާރުވެފައެއް ނެތް: ފިރުޒުލް
އަންނަ އަހަރުގެ ޕީކް ސީޒަނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތައްޔާރުވެފައި ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
Advertisement

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތަކީ އެންމެ އަސާސީއެއް ހިދުމަތް ކަމަށެވެ. ކޮންމެ އަހަރަކުވެސް ހަކަތައިގެ ބޭނުންތައް ހުރި ނެތް ގޮތަށް ބަލާއިރު، އަހަރަކަށްފަހު އަހަރެއް ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވެފައިވަނީ ކޮންމެ އަހަރަކުވެސް ސްޓެލްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތް "އަޕްގްރޭޑް" ކުރުމުގެ މަސައްކަތް ޖެހިގެން އަންނަ އަހަރުގެ ކަރަންޓުގެ "ޕީކް ސީޒަން" އަންނަންވާއިރަށް ނުވަތަ އެ އަހަރުގެ ހޫނު މޫސުމާ ބައްދަލުކުރަންވާއިރަށް ކުރަން ޖެހޭ ކަމަށެވެ. އާންމު ގޮތެއްގައި އެ މުއްދަތު އަންނަނީ ކޮންމެ އަހަރެއްގެ މާޗް މަސް ހިސާބުގައި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އެބޭފުޅުންނާ ކުރެވުނު މަޝްވަރާތަކުން ފާހަގަވެފައި އޮތް ކަމަކީ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އަޕްގްރޭޑް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެންމެ ރަނގަޅަށް ފުރިހަމަ ކުރައްވަމުން ނުދާކަން. އެކަމަށް ހޯދަން ޖެހޭ ޖެންސެޓްތައް އެބޭފުޅުން އޯޑާ ކުރައްވާފައި ހުރީ. އެހެންނަމަވެސް، އެ އާއެކު ހޯދަން ޖެހޭ އަސާސީ ބައެއް ސާމާނުތަކަށް އޯޑަރުކޮށްފައި ނުވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރީ،" - އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް

ފިރުޒުލް ވިދާޅުވި ގޮތުގައި އެގޮތަށް އޯޑަރު ކުރާ ސާމާނު ލިބުމަށް ތިނެއް ނުވަތަ ހަތަރު މަސް ދުވަސް ހޭދަވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ކަމުގަ އެވެ. އަންނަ އަހަރުގެ "ޕީކް ސީޒަނަށް" ތައްޔާރުވުމަށް "ކެޕޭސިޓީ" އިތުރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެންމެ ރަނގަޅު ދުވެލީގައި ކުރިއަށް ގޮސްފައިވާ ނުވާ ކަން ފާހަގަކުރެވުމާ އެކު، ސްޓެލްކޯ އާ ގުޅިގެން ހާއްސަ މުއާމަލާތްތަކެއް ކުރަމުން އަންނަ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. ފިރުޒުލް ވިދާޅުވީ "ޕީކް ސީޒަން" އަށް ތައްޔާރުވުމުގެ މަސައްކަތް ކުރުމަށް އެކަން ވީ އެންމެ އަވަހަކަށް ހަމަ މަގަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް