ads
މޯލްޑިވްސް ފިލްމް އެސޯސިއޭޝުން ބާއްވާ މަސް ދަތުރުގެ އިޝްތިހާރެއް - ފޮޓޯ: ފިލްމް އެސޯސިއޭޝަން
ފަލަސްތީނަށް އެހީވުމަށް ފިލްމް އެސޯސިއޭޝަނުން މަސް ދަތުރެއް ބާއްވަނީ
ފަލަސްތީނަށް އެހީވުމަށް ފިލްމް އެސޯސިއޭޝަނުން ކުރިޔަށް ގެންދާ "އިންސާނިއްޔަތަށްޓަކާ" ފަންޑްރެއިޒިން ހަރަކާތުގެ ތެރެއިން މާދަމާ މަސްދަތުރެއް ބާއްވަން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ފިލްމް އެސޯސިއޭޝަނާއި ސްޕޯޓްސް ފިޝިން މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެ އާއި ރަށްރަށުން ޓީމް ތައް ބައިވެރިވާ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މާލެއިން މަހަށް ފުރާ ޓީމުތައް ފުރާނީ މާދަމާ މެންދުރުފަހު 2:00 ގައި، މަސްވެރިންގެ ޕާކް ކުރިމަތިންނެވެ. އަދި ޓީމުތައް މަސްބާނައި ނިންމައިގެން ލަފާނީ މާދަމާ ރޭ 9:00 ގައި ޓީ-ޖެޓީ ސަރަހައްދަށެވެ.

މި ހަރަކާތުގައި އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 10000 ރުފިޔާ، އަދި އެންމެ ފުލުގައި އޮންނަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައި ވެއެވެ. އަދި އިނާުމު ލިބޭ ޓީމު ތަކުން އެ ފައިސާ ފަލަސްތީނު ފަންޑަށް ހަދިޔާ ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މި މަސް ދަތުރުގައި އެންމެ ބޮޑު މަހެއް ބާނާ ފަރާތަކަށް ދޮއްޓެއް ދޭ ގޮތަށް ވެސަ ވަނީ ހަމަޖެހިފަ އެވެ.

ފިލްމް އެސޯސިއޭޝަނުން ބުނެފައި ވަނީ މި މަސް ދަތުރުގައި ޓީމު ތަކުން ބާނާ ހުރިހާ މަހެއް ވިއްކައި، އެ ފައިސާ ވެސް ފަލަސްތީނު ފަންޑަށް ހަދިޔާ ކުރާނެ ކަމަށެވެ.

ފަލަސްތީނު ފަންޑަށް ފައިސާ އެއްކުރުމަށް މީގެކުރިންވެސް ފިލްމް އެސޯސިއޭޝަނުން ވަނީ ފަންޑްރެއިސިން ހަރަކާތްތައް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް