ads
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު
މެލޭޝިއާއަށް އެތެރެވިޔަ ނުދީ އަބްދުﷲ ރާއްޖެ ފޮނުވާލައިފި
މެލޭޝިއާއަށް އެތެރެވިޔަ ނުދީ އިމިގްރޭޝަނުގައި ރޭ ހިފެހެއްޓި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ރާއްޖެ ފޮނުވާލައިފި އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރޭގެ ވަގުތެއްގައި މާލޭޝިއާއަށް ދަތުރުކުރި އަބްދުﷲ  މެލޭޝިއާއަށް އެތެރެނުވެވޭގޮތަށް މެލޭޝިއާގެ އިމިގްރޭޝަނުން ހިފަހައްޓާފައިވާކަމުގެ މައުލޫމާތު އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައިވަނީ މެލޭޝިއާ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 22:40 ގައެވެ. 

އެ މަައުލޫމާތު ލިބުމާއިއެކު ހައިކޮމިޝަންގެ ކޮންސިއުލާ މުވައްޒަފެއް ވަގުތުން އެއާޕޯޓަށް ގޮސް އަބްދުﷲ އަށް ބޭނުންވާ ހުރިހާ ކޮންސިއުލާ ހިދުމަތްތަކެއް ފޯރޮކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މެލޭޝިއާގެ އިމިގްރޭޝަން އިން އާއްމުކޮށް އަމަލުކުރާ އުސޫލަކީ، އެގައުމަށް އެތެރެވުން މަނާކުރާ މީހުން، މެލޭޝިއާއަށް އެތެރެވިޔަނުދީ، އެމީހަކު މެލޭޝިއާއަށް ދަތުރުކުރި އެއަލައިންސްގެ އެންމެ އަވަހަށް ފުރަން އޮންނަ ފްލައިޓަކުން ފުރުވާލުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

”ނަމަވެސް އަބްދުﷲ ދަތުރުކުރި އެއަލައިންސްއިން ރާއްޖެއަށް އެންމެ އަވަހަށް  ފްލައިޓެއް އޮންނަނީ އަންނަ އާދިއްތަ ދުވަހު ކަމަށްވުމުން، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ އެހީތެރިކަމާއެކު އެ ގައުމުން ރާއްޖެއަށް ދަތުރުކުރި އެހެން ފްލައިޓަކުން މިރޭ ރާއްޖެ އައުމުގެ މަގުވަނީ ފަހިކޮށްދީފައި“ މިނިސްޓްރީން ބުންޏެވެ.

އަބްދުﷲ މިހާރުވަނީ ރާއްޖެއައުމަށް ފުރާފަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އޭނާ މެލޭޝިއާ އަށް އެތެރެވުން މަނާކޮށްފައިވަނީ ކީއްވެކަމެއް މިނިސްޓްރީން ނުބުނެ އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް