ads
އުރުފީ ޖާވިދު
އުރުފީ ޖާވިދު ހައްޔަރުކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި އުރުފީޖާވިދު ހައްޔަރުކޮށްފިއެވެ.

އުރުފީ ހައްޔަރުކޮށްފައިވަނީ އޭނާ ލައިގެން ހުރި ހެދުން ނިވާކަން ކުޑަކަމަށް ބުނެއެވެ. 

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އުރުފީ ކެފޭއެއްގެ ތެރޭގައި ހުއްޓައި ހައްޔަރުކުރަން ދެ އަންހެން ފުލުހުން އަންނަތަނެވެ. އަދި އުރުފީ ހައްޔަރު ކުރަނީ ކީއްވެތޯ ސުވާލުކުރުމުން "ތިހާ ކުޑަކުޑަ ހެދުމެއް ލައިގެން ތިއުޅެނީ ކީއްވ؟" މިހެން ފުލުސް މީހާ ބުނާ އަޑުއިވެއެވެ. 

ހައްޔަރުކުރަން ދެކޮޅުހަދައި ފުލުހުންނާ އުރުފީ ޒުވާބުކުރުމުން، އޭނާ ބުނަން ބޭނުންވާއެއްޗެެއް ޕޮލިސްޓޭޝަނުގައި ބުނެވޭނެކަމަށް ފުލުހުން ބުނެއެވެ. 

އުރުފީ ހައްޔަރުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކީ އުރުފީ ކުޅެފައިވާ ވީޑިއޯއެއްކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް އުރުފީވެސް އަދި ފުލުހުން ވެސް މި ވީޑިއޯ ލީކުވީ ފަހުން ކޮނެންޓެއް ނުކުރެއެވެ.  

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް