ads
ނޭމާ ހޮސްޕިޓަލުގައި
ނޭމާގެ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި
މިދިޔަ މަހު ގައުމީ ޓީމުގެ މެޗެއްގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދަން، ބްރެޒިލްގެ ތަރި ނޭމާ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ނޭމާގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ އޭނާގެ އުފަން ގައުމު، ބްރެޒިލްގެ ހޮސްޕިޓަލެއްގައި، ގައުމީ ޓީމުގެ ޑޮކްޓަރުގެ ބެލުމުގެ ދަށުންނެވެ. އޮޕަރޭޝަނަށް ފަހު، ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާވަނީ ބުނެފައެވެ.

"އޮޕަރޭޝަން ކާމިޔާބުވި. ނަތީޖާއާ މެދު އަހަރެމެން ވަރަށް ހިތްހަމަޖެހޭ، އޭނާގެ އެންޓިރިއަރ ކްރޫޝިއޭޓް ލިގަމެންޓް ރިކޮންސްޓްރަކްޓް ކޮށްފައި ވާއިރު، މެނިސްކަސް އަށް ލިބުނު ދެ އަނިޔާ ވަނީ ފަރުވާކޮށްފައި". ސާޖަރީ ހެދި ބްރެޒިލްގެ ޓީމް ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އޮޕަރޭޝަނަށް ފަހު އަދި ދެ ދުވަހެއްވަރު ނޭމާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނާނެއެވެ. މި ވަގުތުތަކުގައި ނޭމާގެ ކަންކަން ގައުމީ ޓީމުގެ މެޑިކަލް ޓީމުން އަންނާނީ މޮނިޓަރ ކުރުމަންނެވެ.

ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަކުރަމުންދާ ނޭމާގެ މި ފަހަރުގެ އަނިޔާއަކީ، މިދިޔަ މަހު ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ އަތުން ބަލިވި މެޗުގައި ލިބުނު އަނިޔާއެކެވެ. މި އަނިޔާއިން އެއްކޮށް ރަނގަޅުވެ އަލުން އެނބުރި ކުޅުމަށް އަންނަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށްވަނީ ބެލެވިފައެވެ. އުމުރުން 31 އަހަރުގެ ނޭމާ މިހާރު ފަރުވާ ހޯދަމުން އަންނަ އަނިޔާއަކީ، ފުޓްބޯޅައިގައި ކަކުލަށް ލިބުނު އެންމެ ސީރިއަސް އެއް އަނިޔާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް