ads
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ މީހާ
ހައްޔަރުކޮށްފައި ހުރި މީހަކު މޫދަށް ފުންމާލައިފި
ފުލުހުން ހައްޔަރުކޮށްފައިވާ މީހަކު އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި މޫދަށް ފުންމާލައިގެން ފިލަން އުޅެނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅޭ ތަފްސީލް ފުލުހުން އަދި ހާމަކޮށްފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ މޫދަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުންގެ ބަޔަކުވެސް މޫދަށް ފުންމާލައިގެން އޭނާ އަލުން ހައްޔަރުކުރެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަތޮޅުވެއްސަށް ގެންދިޔަ ފުލުހުންގެ ވެހިކަލުން އަތޮޅުވެހި ކައިރި އަށް ބޭލިތަނުން ދުއްވައިގަނެ މޫދަށް ފުންމާލައި، ފަތާފައި ގޮސް ކަނޑަށް އެރުނެވެ. ފުލުހުން އަލުން އޭނާ ހައްޔަރު ކުރީ ލޯންޗެއްގައި އެތަނަށް ގޮހެވެ.

މި ހާދިސާއާ ގުޅޭ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

43%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް