ads
އަބްދުއްރަހީމް އަބްދުﷲ ރޭ ގެ ޖަލްސާގައި ވާހަކަދައްކަވަނީ: ޖަމީލަށް ރައްދު ދެއްވާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމަން ހެދި ދޮގުތައް ހަނދާން އެބަހުރި ކަމަށް - ފޮޓޯ:ޕީޕީއެމް
އަދުރޭ ޖަމީލަށް: ޔާމީންގެ ވެރިކަންނިންމަން ހެދި ދޮގުތައް ހަނދާން އެބަހުރި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އޭރު ކުރެއްވި މަސައްކަތް ހަނދާން ނުނެތޭ ކަމަށް ވިދާޅުވެ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ޖަމީލަށް ރައްދު ދެއްވައިފި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މުޅި މި ގައުމު ސުންނާފަތިކޮށްލީ ކޮން ބައެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި،" - އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް މި މޭރުމުން ޖަމީލަށް ރައްދު ދެއްވާފައި މިވަނީ މިދިޔަ ހޯމަ ދުވަހު ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ޖަމީލް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ހެދޭނެ އެންމެ ބޮޑު ގޯހަކީ ލިބުނު ކާމިޔާބީ ހަނދާން ނައްތާލުން ކަމުގަ އެވެ.

ޖަމީލަށް ނުސީދާކޮށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އޭރު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތްކުރި މީހުންނަށް ވެރިކަމާ ހަމަޔަށް އާދެވުނު ގޮތް ހަނދާން ނެތުނަސް، ޕީޕީއެމް/ޕީއެންސީ ގެ ޓީމުން އެ ހަނދާން ނެތިގެން ނުދާނެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނީ ތެދުވެރި، އަމާނާތްތެރި ވެރިޔަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވަނީ މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

42%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް