ads
ބްރޯޑްކޮމްގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުގެ ހުއްދަ އާ ނުލާ އަމިއްލަ ބޭނުންތަކަށް ގޭބީސީތަކުގައި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައި
އަމިއްލަ ބޭނުމަށް ހުއްދައެއް ނެތި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތް ހަދައިފި
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހުއްދަ އާ ނުލާ އަމިއްލަ ބޭނުންތަކަށް ގޭބީސީތަކުގައި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ބްރޯޑްކޮމުން މިދިޔަ ބުރާސްފަތި ދުވަހު މި ގަވާއިދު އިސްލާހުކުރުމުގެ ކުރިން އަމިއްލަ ބޭނުންތަކަށް ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ރީ-ބްރޯޑްކާސްޓް ކުުރުން އޮތީ މަނާ ކަމެއްގެ ގޮތުގަ އެވެ.

ބްރޯޑްކޮމުން މި ގަވާއިދުގެ ފަސްވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ބުނީ އަމިއްލަ ބޭނުމަށް ފިޔަވައި، ރާއްޖޭގެ އެއްވެސް ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެވޭނީ އެކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ކޮމިޝަނުން ދޫކުރާ "ރީ-ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

އަމިއްލަ ބޭނުން ކަމަށް ގަވާއިދުގައި ބުނެފައިވަނީ ގޭބިސީއެއްގައި މިފަދަ ހިދުމަތެއް ބޭނުން ކުރުމަށެވެ.

ގަވާއިދުގެ އަށްވަނަ މާއްދާގެ (ހ) ގެ ހަ ވަނަ ނަންބަރުގެ ގޮތުގައި އިތުރު ކުރެވުނު ނަންބަރުގައި ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެގެން ނުވާނެ ކަމަށް ބްރޯޑްކޮމުން ވަނީ ބަޔާންކޮށްފަ އެވެ. މިއީ އަލަށް ގެނައި އިސްލާހުގައި ރީ-ބްރޯޑްކާސްޓިން ލައިސަންސަށް އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ކަމަށް ހިމަނާފައިވާ އިތުރު ޝަރުތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް