ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
ގައްޒާއަށް އެހީވާން ކްރިމިނަލް ކޯޓުން ނުކުމެއްޖެ
އިޒްރޭލުން މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގެންދުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ ފަރަތްތަކަށް އެހީވުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ ގައްޒާއަށް އެހީވާން ރާއްޖޭގެ ރެޑް ކްރެސެންޓާއި ގުޅިގެން ފަންޑުފޮއްޓެއް ބަހައްޓައިފައިއެވެ. 

މީގެ އިތުރުން ޖަންބަލް ސޭލެއްވެސް ވަނީ އެ ކޯޓުން ބޭއްވުމަށް ނިމައިފައެވެ. 

ކްރިމިނަލް ކޯޓުގެ ފަންޑުފޮއްޓަށް ފައިސާ ޖަމާކުރަން އޮންލައިންކޮށްވެސް އެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ. 

މި ނިމުނު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 14،000 އަށްވުރެ ގިނަ  މީހުން ވަނީ ގައްޒާއިން މަރުވެފައިއެވެ. އޭގެތެރޭގައި ގިނައަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. 

ގައްޒާގެ ހަމާސް ޖަމާއަތުން އިޒްރޭލަށް އޮކްޓޫބަރު 7 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާއާއެކު، އިޒްރޭލުން 1200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި 400 ވަރަކަށް އިޒްރޭލު މީހުން ހަމާސް އިން ވަނީ ކިޑްނެޕްކޮށްފައެވެ. 

އިޒްރޭލުން ބުނެފައިވަނީ އެމީހުން މިހާރު ކުރިއަށް ގެންދާ ހަމަލާ ތަކަކީ އެ 400 މީހުން ހަމާސް އިން ދޫކޮށްލަންދެން ކުރިއަށް ގެންދާނެ އުދުވާނީ ހަމަލާތަކެއްކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް