ads
އާސެނަލްގެ ކޯޗު
ހައިޖާނު ބޮޑުވި ލަނޑުން އާސެނަލް ބަލިވެއްޖެ
ކޮންޓްރޮވަރޝަލް ލަނޑަކާއެކު، މިސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ބޮޑު ހައިޖާނެއް އުފެދުނު ލަނޑާއެކު، އާސެނަލް ރޭ ބަލިވީ، ނިއުކާސްލް އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެންތަނީ ގޯޑޮން ޖެހިއިރު، މި ލަނޑު ސައްހަ ކަމަށް ކަނޑައެޅީ، ވީއޭއާރުންނެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާވަނީ އެ ލަނޑަށް ފާޑު ކިޔައިފައެވެ. “އަހަރެމެން މެޗުން ބަލިވީ ސާފު އަދި ފާޅުކަން ބޮޑު ނިންމުންތަކެއްގެ ސަބަބުން، އެއީ ލަދުވެތި ކަމެއް". 

މިއީ ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުން އާސެނަލްގެ ފުރަތަމަ ބައްޔެވެ. ފުރަތަމަ ބައްޔާއެކު އާސެނަލް ވަނީ 24 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ. އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް