ads
އޭސީސީ
އެއްވެސް ފަރާތަކުން ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އިންޒާރުދީފައި ނުވޭ: އޭސީސީ
އެއްވެސް ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް މެންބަރަކަށް އިންޒާރުދީފައި ނުވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި އެކޮމިޝަނުން ބުނެފައިވަނީ ކޮމިޝަންގެ އެއްވެސް މެމްބަރަކު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާ ކަމަށެވެ.

އެ ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، އިންތިގާލީ މަރުހަލާގައި އޭސީސީން ބައެއް ކަންކަންހުއްޓުވާތީ ކޮމިޝަނުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އިންޒާރުދެއްވާފައިވާ ކަމަށް ރާއްޖޭގެ މީޑިއާއަކުން ފަތުރާފައިވާ ހަބަރަކާ ގުޅިގެންކަމަށް ބެލެވެއެވެ. އެ ހަބަރުގައި ރޮޒައިނާ މެންބަރުންނަށް އިންޒާރު ދެއްވި ކަމަށް ބުނެފައިވަނީވަނީ އޭސީސީގެ މެންބަރަކާ ހަވާލާދީ ކަމަށް ބުނެއެވެ. ނަމަވެސް އެއީ އަސްލެއްނެތް ހަގީގަތާ ހިލާފު ދޮގުވާހަކަތަކެއް ކަމަށް އޭސީީން މިއަދު ބުންޏެވެ. 

އޭސީސީން ބުނީ ކޮމިޝަނުގެ އެއްވެސްކަމާކާ ގުޅިގެން ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް އަދި އިންތިގާލީ ރައީސްގެ އޮފީހުގެ އެއްވެސް ފަރާތަކުންވެސް ކޮމިޝަނުގެ އެއްވެސް މެންބަރަކަށް ގުޅައި އިންޒާރުދީފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމޮޝަނުގެ މަސައްކަތްތަކާމެދު އިތުބާރުގެއްލޭފަދަ، ހަގީގަގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އޭސީސީންވަނީ ނަސޭހަތްތެރިވެވަފައެވެ. 

އޭސީީން އަބަދުވެސް މަސައްކަތް ކުރާނީ މިނިވަންކަމާއެކުގައި ކަމަށް އެ ކޮމިޝަަނުން ބުންޏެވެ. އަދި ވަކި ފަރާތެއްގެ ރުހުންހޯދަން އެއްވެސް ކަމެއް ކޮމިޝަނުން ކުރައްވާފައި ނޯންނާނެ ކަމަށާއި، ކުރިއަށް އޮތްތާ ވެސް އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޭސީސީން ދިނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް