ads
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދުގެ ޖަލްސާގައި. -- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރާނީ ބަންޑާރަނައިބުގެ އޮފީހުން
މަޖިލީހުގެ ގަވާއިދު މާނަކުރަން ސުޕްރީމްކޯޓަށް އެމްޑީޕީން ހުށައެޅި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވާނީ ބަންޑާރަ ނައިބުގެ އޮފީހުންކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.
Advertisement

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލިސް ހުއްޓިފައިވާމައްސަލައުގައި މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅީ މީގެ ހަފްތާއެއް ކުރިންނެނެވެ. 

މީގެކުރިންވެސް މަޖިލީހާއި ދެކޮޅަށް ހުށައެޅޭ މައްސަލަތަކުގައި މަޖިލީހުގެ ފަރާތުން ވަކާލާތުކުރައްވަމުން އައިސްފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައައިގެ ތެރެއަށް ޕީޕީއެމް އަދި ޕީއެންސީ އިން ތަދައްހުލްވާން ވަނީ ނިންމައިފައެވެ.  

މަ ޖިލިސް ހުއްޓުވާ މައްސަލަ ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު (މާދަމާ) ބާއްވަން ވަނީ ތާވަލުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލަ ހޯމަ ދުވަހު ހެނދުނު 10:00 ގައި ބާއްވަން ހަމަޖައްސައި މިހާރު ވަނީ އެ އަޑެހުމަށް ޗިޓް ފޮނުވައިފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. 

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރުމަށް ފަހު، މިދިޔަ ހަފްތާ ދުވަހުގެ މަޖިލީހުގެ ޖަލްސާތައް  ކެންސަލްކޮށްފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ، އެ ކަމަނާ މަޖިލީހަށް ސަލާމް ފޮނުއްވާފައިވާތީއެވެ. 

މިއަދުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކުރިއެވެ. ނަމަވެސް އެ މައްސަލައި ރިޔާސު ބެއްލެވުމަށް އުޒުވެރިވާކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ސުޕްރީމް ކޯޓުގައި މައްސަލަ ހިނގަމުން އަންނާތީއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް