ads
ނިއުޔޯކް މެރެތަންގެ ބައެއް ބައިވެރިން
ބައިލައްކައަށްވުރެ ގިނަ އެތްލީޓުންނާއެކު ނިއުޔޯކް މެރެތަން
ބައިލައްކައަށް ވުރެ ގިނަ ދުވުންތެރިންނާއެކު ނިއުޔޯކް މެރެތަން މިއަދު ބާއްވައިފިއެވެ.

އާދީއްތަ ދުވަހު ނިއުޔޯކް ސިޓީގައި 50،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިމި މި ރޭހަކީ، ދުނިޔޭގެ އެންމެ ބޮޑު ފަސް މެރަތަންގެ ތެރޭގައި ހިމެނޭ އެއް މެރަތަންއެވެ. ދުވާ މީހުންގެ މެދުގައި މަގުބޫލު މި ރޭހަކީ އެންމެ ޝަރަފުވެރި ރޭސްތަކުގެ ތެރޭގައި ގުނާ ރޭހެކެވެ.

މި ފަހަރުގެ ނިއުޔޯކް މެރެތަންގެ އަންހެން ބައިގެ އެއްވަނަ ހޯދީ، ކެންޔާގެ ހެލެން އޮބިރީއެވެ. އޭނާ ރޭސް ނިންމީ،   ދެ ގަޑިއިރު، 27 މިނިޓް 23 ސިކުންތުންނެވެ. އަދި ފިރިހެން ބައިގެ އެއްވަނަ އިތިއޯޕިޔާގެ ތަމިރާތު ޓޯލާ ހޯދީ، ދެ ގަޑިއިރު، ހަތަރު މިނިޓް 58 ސިކުންތުން ރޭސް ނިންމައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް