ads
ވިނަރެސް ފްލެޓުތައް
ގިނަ ޝަކުވާތަކެއް ލިބުމުން ވިނަރެސް ފްލެޓު ވިއްކުން މެދުކަނޑާލައިފި
ނުވިކި ހުރި ވިނަރެސް ޔުނިޓުތައް ގަތުމަށް ހުޅުވާލުމުން ދިމާވި ޓެކްނިކަލް މައްސަލަތާކާއި ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާތީ، އެ ޔުނިޓުތައް ވިއްކުން މެދުކަނޑާލައިފި އެވެ.
Advertisement

އާބަންކޯއިން ބުނީ، އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މިހާރު މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

”އެ މައްސަލަތައް ހައްލުކުރުމަށް ފަހު ވިނަރެސް މަޝްރޫއުއިން އެޕާޓުމަންޓު ގަތުމަށް ފުރުސަތު ހުޅުވާލާނެ ތާރީހެއްް އިއުލާން ކުރާނެ ވާހަކަވެސް ދެންނެވީމެވެ.“ އާބަންކޯއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ.

ވިނަރެސް މަޝްރޫއު އިން ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލީ މިއަދު ހެނދުނު 10:00 އިން 15:00 އަށެވެ. އަދި އެ ފްލެޓުތައް ވިކި ހުސްވަންދެން ކޮންމެ ދުވަހަކުވެސް އެ ގަޑިތަކުގައި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލަން އާބަންކޯއިން އޮތީ ނިންމާފަ އެވެ. ނަމަވެސް، މިއަދު އެ ފުރުސަތު ހުޅުވާލިތާ މާ ގިނައިރުތަކެއް ނުވެ ހުރިހާ ޔުނިޓުތަކެއް ވަނީ ވިކި ހުސްވެފަ އެވެ. 

އަދި، ޕޯޓަލަށް ވަދެވޭގޮތް ނުވެގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅޭގޮތް ނުވިއިރު، ޔުނިޓުތައް ވިއްކި ހުސްވިލެއް އަވަސް ކަމަށް ބުނެ، ގިނަ ކަންބޮޑުވުންތަކެއް އާންމުން ވަނީ ފާޅުކޮށްފަ އެވެ. 

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް