ads
ވެލައަކާ އެކު މީހަކު ފަހަތަނީ
ވެލާ އަދި ކަނހަބާއެކު ފަތާއިރު ބަކަތެޅުން މަނާކޮށްފި
ވެލާ އަދި ކަހަނބާއެކު ފަތާއިރު ބަކަތެޅުމަކީ އަޑުގަދަވެ އެތަކެތި ސިނޭނެ ކަމަކަށް ވާތީ އެފަދަ ދިރުންތަކާއެކު ފަތައި ހަދާއިރު، އަޑުގަދަކޮށް ބަކަތަޅައި ހެދުން މަނާވާ އުސޫލެއް އީޕީއޭއިން ގެޒެޓުކޮށްފިއެވެ.

"ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާބެހޭ ގަވައިދު" އަށް އާދިއްތަ ދުވަހު ގެނައި ފަސް ވަނަ އިސްލާހުގައި ބުނެފައިވަނީ އެފަދަ ދިރުންތަކާއެކު ފަތައިހަދާއިރު ހަ ފޫޓުގެ ދުރު މިނެއް ވެސް ބަހައްޓަން ޖެހޭކަމަށެވެ. 

އެ ގަވާއިދުގައި ވަނީ މަޑި އާއި ވެލާ ކަހަނބު ރައްކާތެރިކޮށް ބެހެލެއްޓުމާ ގުޅޭ އުސޫލުގައިވާ ކަންކަން ބަޔާންކޮށްފައެވެ.

"ވެލަޔާއި ކަހަނބަކީ ބާރު އަޑުތަކަށް ފަސޭހައިން ސިހޭ ދިރުމަކަށްވާތީ، ވެލަޔާއެކު ނުވަތަ ކަހަނބާއެކު މޫދުގައި ހަަރަކާތްތެރިވާ އިރު، އަޑުގަދަވާ ގޮތަށް ބަކަތަޅައި ހަދައިގެން ނުވާނެ،" ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. 

ވެލައާއެކު ނުވަތަ ކަހަނބާއެކު މޫދުގައި އުޅޭއިރު އެ އެއްޗެހީގެ ތަބީއީ އުޅުމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ފަތާއިރު އަދި ޑައިވް ކުރާއިރު މަޑިއެއް އަތުވެއްޖެނަމަ މަޑުމަތިރިވުމަށާއި، މަޑީގައި އަތްލާ ހެދުން ވެސް ވަނީ ކޮށްފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް