ads
ފަނޑިޔާރު މަހާޒް އަލީ ޒާހިރު:-
ސުޕްރީމް ކޯޓުގެ ޝަރީޢަތް ފެށުން 8 މިނެޓު ލަސްވީ ޕާޓީތަކުގެ ސަބަބުން: މަހާޒް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ މަޖިލީހުގެ ގަވާއިދު މާނަކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ މިއަދު ހެނދުނު 10:00 ގައި ފެށަން ނިންމާފައި އޮތް ނަމަވެސް އެ މައްސަލަ ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުން ކަމަށް މައްލައިގެ ރިޔާސަތު ބައްލަވަމުން ގެންދަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން މަހާޒް ވިދާޅުވީ ފެށުން ލަސްވީ ޕާޓީތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް ވީގޮތުގެ ތަފްސީލެއް ނުދެއްވައެވެ. 

"ދިހައެއް ޖެހިއިރު ފެށުމަށް އާޅުގަނޑު ނިންމައިގެން ހުރީ އެހެން ނަމަވެސް ދިހަގަޑި އަށެއްގަ ފެށޭވަރު މިވީ. ޝަރީއަތް ފެށުމުގަ މި ދިމާވި ލަސްތަކަކީ މައްސަލައިގަ ހިމެނޭ ޕާޓީސްތަކުގެ ސަބަބުން ދިމާވި ލަސްވުމެއް،" މަހާޒް ވިދާޅުވިއެވެ. 

އޭނާ ވަނީ ޝަރީއަތުގެ މަޖިލިސް ބްރޭކަށް ދާ ވަގުތުތަކުގައިވެސް މައްސަލައިގައި ހިމެނޭ "ޕާޓީތަކުން" އެފަދަ އަމަލެއް ނުހިންގުމަށް އެދިލައްވައިފައެވެ. 

މިއަދުގެ ޝަރީއަތުގެ ފުރަތަމަ ބައި 11:50 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބަށް އަޑުއެހުންތައް ނިންމާނުލެވިއްޖެނަމަ 12:30 އިން 13:30 އަށް އަޑުއެހުންތައް ގެންދާނެކަަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. 13:30 އާއި ހަމައަށް ވެސް އަޑުއެހުން ނުނިމިއްޖެނަމަ މާދަމާވެސް އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ. 

"މިބަލަނީ މައްސަލައިގެ އަޑުއެހުންތައް އެކިއެކީގަ ކުރިއަށް ގެންގޮސް މައްސަލަ ނިންމާލެވޭތޯ،" މަހާޒް ވިދާޅުވިއެވެ. 

މަހާޒްގެ އިތުރުން މި މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް މަޖިލީހުގައި ނެތުމުން އެކަމަށް ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވެެރިކަން ކުރާ އެމްޑީޕީންނެވެ.

މި މައްސަލައަށް، ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލްވެފައެވެ.  

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް