ads
އޭސީސީގެ ނޫސްވެރިންގެ ބައްދަލުވުމެއް—-
ފްލެޓް މައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރީައަށް ވަދެއްޖެ
ސަރުކާރުން ހިންގި ގެދޮރުވެރިއާ ސްކީމާއި ގުޅިގެން އޭސީސީން ބަލަމުން އަންނަ މައްސަލައިގައި އެ ކޮމިޝަނުން މިއަދު ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

ހައުސިން މިނިސްޓްރީއަށް ވަދެފައިވަނީ އޭސީސީގެ "އެމަޖަންސީ ރެސްޕޯން ޓީމް" އަކުންނެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުން އަންނަ ހަަތަރު ހާސް ފްލެޓް ހަވާލުކުރުން އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އިން އިއްޔެ ވަނީ ހުއްޓުވައިފައެވެ. 

އޭސީސީއިން ބުނީ ފްލެޓް ހަވާލުކުރުން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނާތީކަމަށެވެ. 

ހައުސިން މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނުގައި، ކޮންމެ އެޕްލިކެންޓަކަށް ލިބޭ މާކްސް ވަނީ އާންމުކޮށްފައެވެ. އަދި 4،000 މީހުން ކަނޑައަޅާނީ ގުރުއަތުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ގެޒެޓު ކުރި ލިސްޓާ އެކު، އެ އިއުލާނުގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުން ކަމަށް އެ އިއުލާނުގައި ވެއެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. 

އޭސީސީން މި ފްލެޓްތައް ހަވާލުކުރުން ހުއްޓުވީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓަށްވެސް ޝަކުވާ ހުށަހަޅަން މިއަދު ހައުސިން މިނިސްޓްރީން ހުޅުވާލާފައުވަނިކޮށެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް