ads
އަމާޒަކަށްވީ އަންނަ އަހަރުގެ ނިޔަލަށް ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާޒިމް ވަނީ ވިދާޅުވެފައި - ފޮޓޯ:އެމްޓީސީސީ
އަމާޒަކަށްވީ އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ ގުޅާލުން: އާޒިމް
އަމާޒަކަށްވީ އަންނަ އަހަރުގެ ނިޔަލަށް ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމީ ވިސްނުމަކުން ވިސްނާ ނަމަ މި ސަރުކާރުން ފެށި އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ނިޒާމް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އެ ކުންފުނީގެ އިތުރުން އެމްޕީއެލުންނާއި އަމިއްލަ ފަރާތްތަކުންވެސް ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވަމުން އައިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވެފައިވަނީ އެ ނިޒާމް މިހާރު އޮތް ގޮތަށް ހަރުދަނާވެފައިވަނީ ޕްލޭންތަކަކާ އެކު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

އާޒިމް ވިދާޅުވެފައިވަނީ އެމްޓީސީސީން އެ މަސައްކަތް ކުރަމުން އަންނަނީ ސެންޓްރަލައިޒްކޮށްގެން ކަމަށާއި އެކަން ކުރަނީ ކަމަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާ ހުރި މީހުންނާ އެކުގައި ކަމަށެވެ. އެކަމަށް ބޭނުންވާ އައިޕީ ސޮފްޓްވެއާ ހޯދާފައިވާނެ ކަމަށާއި ނިޒާމް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަތުރުފަތުރުގެ ނިޒާމް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމުގަ އެވެ. މިއަދު އެ ހާލަތު ބަދަލުވެ، އާންމުންގެ އިތުބާރު ދަތުރުފަތުރުގެ ނިޒާމަށް ލިބިފައިވާކަން ދަތުރުތަކަށް އޮންނަ ޑިމާންޑުން އެނގޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް