މިނިވަން މުއައްސަސާތަކާއި ހާއްސަ ގާނޫނުތަކުން އުފައްދާފައިވާ ގާނޫނީ އިދާރާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ އެ މުއައްސަސާ އަކާ ނުވަތަ އިދާރާއަކާ ގުޅޭ ދާއިރާއަކުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވި ތަންފީޒުކުރުމާ ހަމައަށްދާއިރު، އެކަށީގެންވާ ވަރާ ގާތަށް ވެސް އެ މުއައްސަސާތަކާއި އިދާރާތަކާ މަޝްވަރާ ނުކުރާ ކަމަށެވެ.
މިނިވަން މުއައްސަސާތަކާއި ގާނޫނުތަކުން އުފައްދާފައިވާ އިދާރާތަކަށް އެކަށީގެންވާ ގޮތެއްގައި އެ ފަރާތްތަކުގެ ފަންނީ ލަފައަށް ފުރުސަތު ނުލިބޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
އިތުރު ތަފްސީލު އަންނަނީ...