އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ކެބިނެޓަށް ވަޑައިގަންނަވާ ފަރާތްތަކާއި އެ ނޫން މަގާމުތަކަށް އަންނަ ފަރާތްތައްވެސް ރަސްމީ އުސޫލުތަކުގެ ތެރެއިން ސާފުކޮށް އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން އެ ލިސްޓެއް ނޫން، ވަރަށް ގިނަ ލިސްޓްތައް އެކިއެކި ސްޕެކިއުލޭޝަން. ދެން އަޅުގަނޑުމެންގެ ސިޔާސީ މަޝްރަހު އޮންނަ ގޮތުން ކަން ހިނގާ ގޮތް ވެސް މެ،" - އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް