ads
ވިނަރެސް ފްލެޓުތައް: ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިހާބީ އޮފީހުން ވަނީ ބުނެފައި - ފޮޓޯ:އާބަންކޯ
ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އަތުލުމުގެ ފުރުސަތު އޮންނާނެ
ހިނގަމުންދާ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާ ނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރުމަށް ހަމަޖެހުނު 4,000 ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ދާއިމީ ލިސްޓު ޕްލޭނިން މިނިސްޓްރީން އާންމުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ފަރާތްތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިންތިހާބީ ރައީސްގެ އޮފީހަށްވެސް ލިބިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވެފައި ވަނީ ދައުރު ބަދަލުވުމަށް ގާތްގަނޑަކަށް ނުވަ ދުވަހަށް ވެފައިވާއިރު، މި ދަނޑިވަޅުގައި ފްލެޓުތައް ހަވާލުކުރުމުގެ ބަދަލުގައި އާ ސަރުކާރަށް އެކަން ދޫކޮށްލުމަށް މުއިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ.

"ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާ ނަމަ ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށްވާ ނަމަ އެ ކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ," - އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް

މީގެކުރިން އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވަނީ މި ސަރުކާރުން ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ މުއިއްޒު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެކި ސްކީމުތަކަށް ހުށަހަޅާ އެއްވެސް ފޯމެއް ބާތިލު ނުކުރައްވާނެ ކަމަށް މުއިއްޒުވެސް ކުރިން ވިދާޅުވެފައިވެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް