މި ފައިސާ ޖުމްލަ 200 އާއިލާއަކަށް ބަހާފައިވަނީ 500 ޑޮލަރުގެ މަގުންކަމަށް އައިއޭސީ އިން ބުނެއެވެ.
ފައިސާ ބަހާފައި ވާނީ ދޭރް ބަލަޙްގެ ހިސާބުގައި ދިރިއުޅޭ ގައްޒާގެ ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް ކަމަށެވެ.
އައިއޭސީން ވަނީ މިދިޔަ މަހުވެސް 200 އާއިލާއަކަށް 100،000 ޑޮލަރު ބަހާފައެވެ.
އައިއޭސީން ހުޅުވާލައިފައިވާ ފަންޑަށް މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް 28 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ލިބިފައިއެވެ.
އިޒްރާއީލުން ފަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު ވަނީ 14،000 އިން މައްޗަށް އަރައިފައެވެ.
އިޒްރޭލުން ގައްޒާއްށް ހަމަލާ ދޭން ފަށާފައުވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ގައްޒާގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ވަދެ ދިން ކުއްލި ހަމަލާގައި 1200 އަށްވުރެ ގިނަ މީހުން މަރައިލުމުންނެވެ. ހަމާސް އިން ވަނީ އިޒްރޭލުގެ 400 ވަރަކަށް މީހުން ރަނީހުވެސް ކޮށްފައެވެ.
އިޒްރޭލުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލާނީ ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމުންކަމަށެވެ. އިޒްރޭލުން އަންނަނީ ވައިގެ މަގުންނާއި އެއްގަމު މަގުންވެސް ގައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.