މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް 7.5 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ. އޭގެތެރެއިން 4.3 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ކަމަށާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ނުލިބި ވާ ކަމަށް ވެސް މީރާއިން ބުނެ އެވެ.
ޓެކުހުގެ ގޮތުގައި ނުލިބި ހުރި ފައިސާ:
މީރާއިން ތިންވަނަ ކުއާޓަރުގައި 1،117 މައްސަލައެއްގައި ޖޫރިމަނާ މާފުކޮށްދީފައިވާއިރު، އެ ޖޫރިމަނާތަކުގެ ޖުމްލަ 28 މިލިއަން ރުފިޔާއަށް އަރަ އެވެ.
ޓެކުހާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، މީރާއިން އަންނަނީ ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތުން މިދިޔަ ކުއާޓަރުގައި އެ އޮތޯރިޓީން ވަނީ 231.5 މިލިއަން ރުފިޔާ ހޯދާފަ އެވެ.