ads
ގައްޒާގެ ބޭކަރީޢެއް
ގައްޒާގެ ހުރިހާ ބޭކެރީއެއްގެ ހިދުމަތް ހުއްޓިއްޖެ
އިސްރާއީލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ތެލާއި ފުށުގެ ދަތިކަމުގެ ސަބަބުން ފަލަސްތީނުގެ ގައްޒާ ސިޓީއާއި އުތުރު ގައްޒާގެ ހުރިހާ ބޭކެރީއެއް ހިންގުން ހުއްޓާލާފައިވާކަމަށް ގައްޒާގެ އިންޓީރިއާ މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު "އޮކްސްފޭމް" އިން ވަނީ ބަނޑުހައިހޫނުކަން "ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި" ބޭނުން ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގައްޒާއަށް ކާބޯތަކެތި ހިފައިގެން ވެވިފައިވަނީ އެންމެ 569 ޓްރަކަށެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 750 އާއި 850 އާ ދެމެދުގެ އަދަދަކަށް ޓްރަކް ވަދެއެވެ. 

ބޭކަރީތައް ހުއްޓާލައިފައިވާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ގައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 10،000 އަށް އަރާފައެވެ. އަދި 4،000 ވަރަކަށް މީހުން ވަނީ ހެއްލިފައެވެ. ގިނަބަޔަކު ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބިކަމަށް މައުލޫމާތު ލިބެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް