ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ކުލަގަދަ ޕްރޮމޯޝަނާ އެކު ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖްތަކަށް އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިރާގުން ބުނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއްލުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. ދިރާގުން ބުނެފައި ވަނީ 30 ނޮވެންބަރުގެ ކުރިން ބައިވެރިވާ ކޮންމެ ނަންބަރެއް ދެ ގުނަ ކުރެވިގެންދާނެ ކަމަށެވެ.
މި ޕްރޮމޯޝަނަކީ އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ ކަސްޓަމަރުންނަށް އެފަރާތްތައް އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖްތަކެކެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/45R88YM
ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެ ފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.