ads
ގެ ދޮރުވެރިއާ ގެ ދަށުން ދޭ ފްލެޓްތައް:-
ފްލެޓް ދިނުމުގައި ސިޔާސީ މަންފާއެއް ލިބޭނެ ފުރުސަތެއް ނޯންނާނެ
މިފަހަރު ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރުމުގައި ސިޔާސީ އެއްވެސް ފަރާތަކަށް ސިޔާސީ މަންފާއެއް ލިބޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

 ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން އާންކު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީން ބުނީ  ސަރުކާރުގެ އެ މަޝްރޫއުގެ ކަންކަން ބަލަހައްޓަމުންދިޔައީ ސިޔާސީ ފަރާތްތަކުން ނޫންކަމަށެވެ.
އެކަންތައް ކުރަމުން ދިޔައީ ހައުސިން މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެ މަޝްރޫއާ ގުޅޭ ވާހަކަދައްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މަސައްކަތް ކުރިއަށްގެންދެވީ ސީދާ ރައްޔިތުންގެ ބައިވެރިވުމާއެކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީއާއި މާލެ ސަރަޙައްދުގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން އެކުލަވާލި އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް މީގެ ކުރިން ހުޅުވާލިކަމަށެވެ.

 އަދި މާކްސް ދިނުމާއި ޕޮއިންޓް ގުނުމުގައި ބަލާނެ ހުރިހާކަމަކަށް ހުޅުވާލި ފުރުސަތުގައި ލިބުނު ކަންކަމަށް ރިއާޔަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. 

މީގެކުރީގެ މަޝްރޫއުތަކާއި ހިލާފަށް މިފަހަރު ސިޔާސީ އެއްވެސް މީހަކަށް އެފުރުސަތު ފަހިވެގެން ނުދާނެކަމަށް އާރިފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް