ads
އެމްއެސް އައިދިއާބެލާ ރާއްޖޭގައި: ސީޒަނުގެ ފުރަތަމަ ކްރޫޒްލައިނާއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިން އައި - ފޮޓޯ:މާޔާ
ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިން
ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ފެށެން ކައިރިވެފައިވާއިރު، މި ސީޒަނުގެ ފުރަތަމަ ކްރޫޒްލައިނާއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފި އެވެ.

އިޓަލީގެ ކްރޫޒްލައިނާ 'އެމްއެސް އައިދިއާބެލާ' މާލެއަށް ބަނދަރު ކޮށްފައިވަނީ ހޯމަ ދުވަހު އެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމްސީލު ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފައި ވަނީ އެމްއެސް އައިދިއާބެލާ ބަނދަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:02 ހާއިރު ކަމަށެވެ. އެ ކްރޫޒްލައިނާއިން 2،008 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މާޔާއިން ބުނެ އެވެ.

މާޔާއިން ބުނެފައިވާ ގޮތުގައި މި ކްރޫޒްލައިނާ މާލޭ ބަނދަރުގައި ދެ ދުވަހު މަޑުކުރާނެ ކަމަށެވެ. ކްރޫޒްލައިނާއިން އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާ ހަރަކާތްތެރިވެފަ އެވެ.

your imageއައިދިއާބެލާއިން މާލެއަށް ފޭބި ފަތުރުވެރިންތަކެއް: ސީޒަނުގެ ފުރަތަމަ ކްރޫޒްލައިނާއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިން އައި - ފޮޓޯ:މާޔާ

އެމްއެސް އައިދިއާބެލާ ރާއްޖެއަށް އައީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ބަނދަރު ކުރުމަށް ފަހުގަ އެވެ. ޔޫއޭއީ އަދި އޮމާނުގައި މި ކްރޫޒްލައިނާ މަޑުކުރިއިރު، ރާއްޖެއަށްފަހު ސްރީ ލަންކާ އާއި މެލޭޝިއާ އާއި ސިންގަޕޫރު އަދި ވިއެޓްނާމަށް މި ކްރޫޒްލައިނާ ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން ގިނަ އަދަދެއްގެ ފަތުރުވެރިން އައިއިރު، ސީޒަން ތެރޭގައި އިތުރު ކްރޫޒްލައިނާތައް އަންނާނެ ކަމަށް މާޔާއިން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް